އައްސޭރި ޖަލުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
އައްސޭރި ޖަލުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

އައްސޭރި ޖަލަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެޖަލުގައި ޑިނަރ ނައިޓެއް ރޭ ބާއްވައިފި އެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އެވެ. އަދި މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާޙިމް މުޙައްމަދު ދީދީ އާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ކޮމިޝަންޑް އަދި ނޮން ކޮމިޝަންޑް އޮފިސަރުންނާއި، އޮފިސަރުންގެ އާއިލާތައް ބައިވެރިވެފަވެއެވެ.

އައްސޭރިޖަލަށް 10 އަހަރު ފުރުން ފާހަގަކުރެވިގެން ދާއިރު، މިޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ކުރުވާ ޖަލެކެވެ. މިހާރުވެސް މިޖަލުގައި ގިނައަދަދެއްގެ ޤައިދީން ތިބިއިރު، އެޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ގޮތުން ތަފާތު ގިނަ މަސައްކަތްތަކެއް ޤައިދީންލައްވާ ކުރުވަމުން ގެންދެއެވެ.

މިއަދު އޮންލައިން