ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރެއް ފުރަތަމަ ފަހަރަށް މިއަހަރު ތެރޭގައި އެކުލަވާލާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނީޔާ ނިޔުމުގެ ގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ﷲ ގެ އިރާދަފުޅުން ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތެރިންގެ ދަފްތަރު މިއަހަރުގެ ތހެރޭ އެކުލަވާލާނަން ކަމަށާއި ހެޔޮ ބަދަލުތައް މުޅި ސިނާއަތަށް ގެންނާނީ އެންމެން އެކީގައިކަމަށެވެ.
ރިޔާސީ ކެންޕެއިންގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.