ދިވެހި ފުލުހުން ގެ މައްޗަށް ސިޔާސީ ނުފޫޒު ނުފޯރުވާނަމަ ފުލުހުން ނަތީޖާ ނެރޭނެކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރިޔާޒްގެ މިޓްވީޓްގައި އިޝާރާތް ކުރައްވާފައިވަނީ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތުމަށް ހިންގި ކާމިޔާބު އޮޕަރޭޝަނަށެވެ.
150 ކިލޯގެ މަސްތުވާތަކެތީގެ މިމައްސަލައިގައި ހައްޔަރުކުރި ފަސް ފިރިހެނުންގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު އަނެއް ހަތަރު މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އެ އަތޮޅު ގައްދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.