ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅައި މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅައި މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސަކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ "މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަލުން އެކުލަވައިލައްވައިފިއެވެ.

އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި 5 ބޭފުޅުންނަކީ 1. މަރްޔަމް ޚާލިދާ، ގ. ސިލްވަރުގެ 2. އިބްރާހީމް ނޫރައްދީން، މއ. މާންދޫގެ 3. މުޙައްމަދު ޢަލީ ޖަނާޙް، ހ. ސީސައިޑް 4. ޢަލީ އާދަމް، ޗާނދަނީގެ / ހއ. ހޯރަފުށި އަދި5. މަޢުރޫފް ޛާކިރު، ދާއިރާ / ބ. ކެންދޫ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޜޭ ޢާންމުކުރެއްވެވި ޚިޠާބުގައި ވިދާޅުވެފައިވަނީ ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުން ކަމަށެވެ.

ޤާނޫނީ އޮނގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި، ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ގެންދަވަނީ މަޝްވަރާ ކުރަމުން ކަމަށާއި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން