ޙަލާލު އެއްވެސް މަސައްކަތަކީ ހުތުރު، ދަށު ދަރަޖައިގެ މަސައްކަތެއް ކަމަށް ދެކެ މަސައްކަތް ނުކޮށް ނުތިބުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޙަލާލު އެއްވެސް މަސައްކަތަކީ ހުތުރު، ދަށު ދަރަޖައިގެ މަސައްކަތެއް ކަމަށް ދެކެ މަސައްކަތް ނުކޮށް ނުތިބުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށާއި އެއްވެސް މަސައްކަތަކީ ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ކަމަށް ޤަބޫލުކޮށް މަސައްކަތް ނުކޮށް ނުތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޢާންމު ކުރެއްވެވި ޚިޠާބުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއް ކަމަށާއި އެވާޖިބު އަދާކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ، މަސައްކަތެއް ނުކޮށް، ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް، މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެކަން އެހެން އޮތްއިރު، ތަފާތު މަސައްކަތްތައް ކުރުވުމަށް، ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެންނަ ކަމަށެވެ.

މިއަދު އޮންލައިން