ކަންފަތް ހާމަކުރަން ކުރި އަމުރު ބަލައެއް ނުގަނެވޭނެ - ބޮން ހުރީ ދަބަހުގަ - ދަބަސް މަނާކުރޭ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކަންފަތް ހާމަކުރަން ކުރި އަމުރު ބަލައެއް ނުގަނެވޭނެ - ބޮން ހުރީ ދަބަހުގަ - ދަބަސް މަނާކުރޭ!: ޝައިޚް ޢަލީ ޒައިދު

އަންހެނާގެ ކަންފަތަކީ ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތް ގޮތުގައި އަޢުރައެއް ކަމަށާއި އެހެންކަމުން އަނހެނުންގެ ކަންފަތް ފެންނަ ގޮތަށް ބުރުގާއަޅަން ލަންކާއިން އަމުރުކުރުމަކީ އެއްވެސް ޙާލެއްގައި  ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައްޝައިޚް ޢަލީ ޒަިދު ވިދާޅުވެއްޖެއެވެ.    

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިކަމުން ފެނިގެންދަނީ ޓެރަރިޒަމްގެ ނުބައި އަމަލާއިއެކު ބުދިސްޓުން މުސްލިމުންނަށް ހަސަދަ ފިލުވާތަންކަމަށެވެ. އަދި ގޮއްވި ބޮން ހުރީ ދަބަހުގައި ކަމަށްވުމުން ލަންކާގައި ދަބަސް ގެންގުޅުން މަނާކުރުމަށް ގޮވާލައްވާ ކަމަށެވެ.   

"ކަންފަތް ފެންނަ ގޮތަށް ބުރުގާއަޅަން ލަންކާއިން އަމުރުކުރުމަކީ އެއްވެސް ޙާލެއްގައި  ބަލައިގަނެވޭނެ ކަމެއް ނޫން! ކަންފަތަކީ ޚިލާފެއް ނެތް ގޮތުގަ އަޢުރައެއް! މިކަމުން ފެނިގެންދަނީ ޓެރަރިޒަމްގެ ނުބައި އަމަލާއިއެކު ބުދިސްޓުން މުސްލިމުންނަށް ހަސަދަ ފިލުވާތަން! ބޮން ހުރީ ދަބަހުގަ! ދަބަސް މަނާކުރައްވާ!

މިއަދު އޮންލައިން