ސްޓުޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ސްޓުޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި!

ސްޓުޑެންޓް ލޯނަށް އެދުމުގެ މުއްދަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިތުރުކޮށްފިއެވެ.

މުއްދަތު އިތުރުކޮށްދޭން ނިންމީ މިއަދު ހެނދުނު 9 އަކުން ފެށިގެން އެންސީއައިޓީގެ ސަރވާއަށް މައްސަލައެއް ދިމާވެފައިވާތީ އާއި އެ މައްސަލަ ހައްްލުކުރުމަށަ 24 ގަޑިއިރު ނަގާނެކަމަށް އެފަރާތުން އަންގާފައިވާތީ ކަމަށް ހަޔާ އެޑިއުކޭޝަަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްޓުޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްދޭން ނިންމާފައެވެ.

242 ފަރާތަކަށް ސްޓުޑެންޓް ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން