ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުން ބުނެފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުން ބުނެފި!

ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުން މިއަދު ބުނެފިއެވެ.

ކޯޓުން މިހެން ބުނެފައިވަނީ ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ ކުރީގެ މީހުންގެ ތެރެއިން އެކަކުގެ އިސްތިއުނާފް ޝަރީއަތުގައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށް ފަހު، އިސްތިއުނާފް މަރުހަލާތަކުގައި ދަށު މަރުހަލާގެ ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާ ކަމަށާއި އިސްތިއުނާފް މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، އެކަމަކީ ޕްރޮސެކިއުޓާ ޖެނެރަލާ މެދު ތައުދީބީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.

ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފައިވާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ދައުލަތުގެ ސްޓޭންޑް ބަދަލުކޮށް، ދައުލަތުން ވަނީ ހައި ކޯޓާއި ދަށު ކޯޓުގެ ނިންމުން ވެސް އެ މައްސަލާގައި ގޯސް ކަމަށް ބުނެފަ އެވެ.

 

މިއަދު އޮންލައިން