ނާވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނާވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް

އަންނަ މަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން އަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަންނަ މަހު 28 ވަނަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަޖިލިސްގެ ރައީސް ގާސިމް އިބްރާޙިމް ނިންމަވާފައިވާ ކަމަށާއި އަދި ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުކަމަށެވެ.

ޖަލްސާގެ ރިޔާސަތު އެމްޑީއޭގެ ލީޑަރު ކަން ކުރައްވަމުން ގެންދަވާ ސިޔާމް ބަލަހައްޓަވާ ގޮތަށް ހަމަޖެއްސީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ގާނޫނު އަސާސީ ބުނާގޮތުން އަލަށް އިންތިހާބުވާ މަޖިލިސްގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހެނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

އާ މަޖިލިސް ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު މަޖިލިހުގައެވެ.

 

 

 

މިއަދު އޮންލައިން