ސަލްމާން ބިން ޢަބްދުލްޢަޒީޒް ހަދިޔާކުރެއްވި 50 ޓަނު ކަދުރު އިސްލާމިކް މިނިސްޓްރީ އާ ޙަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަލްމާން ބިން ޢަބްދުލްޢަޒީޒް ހަދިޔާކުރެއްވި 50 ޓަނު ކަދުރު އިސްލާމިކް މިނިސްޓްރީ އާ ޙަވާލުކޮށްފި

ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ހަދިޔާކުރެއްވި 50 ޓަނު ކަދުރު އިސްލާމިކް މިނިސްޓްރީ އާ ޙަވާލުކޮށްފި އެވެ. ކަދުރު ހަވާލުކޮށްދެއްވީ ސައުދީ ސަފީރުގެ ނައިބް މެތްރިކް ޢަބްދުﷲ އެމް. އަލްދޮސާރީ އެވެ.

މިކަމަސްޓައކައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާއި ހަވާލުވެވަޑައިގަތުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އަދިވެސް އިތުރު ފަރާތްތަކުން ކަދުރުގެ އެހީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ލިބޭ ވަރަކުން ރައްޔިތުންނަށް ބަހާނެ ކަމަށެވެ.

ޑރ. އަޙްމަދު ޒާހިރު ވަނީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދީލަތި އެހީގެދަށުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާ ކުރައްވާކަން ފާހަގަކުރައްވައި ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ދަރިކަލުން ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިއަސް އޮތްތަނުގައި ސައުދިޢަރަބިޔާއިން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެގެން ދިއުމަށް އުންމީދުކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ކަދުރު މާލެ އާއި ރާއްޖެތެރެއަށް ވެސް ބައްސަވާނެ ކަމަށާއި އިއުލާނުކުރުމުން ހޯދަން ކުރިންދާ ބައަކަށް ބަހަމުން ގެންދާނެ ކަމަށެވެ. އަދި މި ލިބުނު އަދަދުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ފޯރުކޮށްދެވޭވަރު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ ރަމަޟާން މަހަކާއި ގުޅިގެން ސައުދިއަރަބިޔާއިން ރާއްޖއަށް ކަދުރު ހަދިޔާ ކުރަމުން ގެންދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ނަމަވެސް ފާއިތުވި 2 އަހަރު އެ ކަދުރު ޢާންމުކޮށް ރައްޔިތުންނަށް ބެހުމުގެ ބަދަލުގައި ބަހާފައިވަނީ ރައީސް ޔާމީނުގެ ސަޕޯޓަރުންނަށެވެ.

މިއަދު އޮންލައިން