ﷲ ގެ ދީން ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުން އެތައް ބައަކު ވަނީ މަގުފުރެދިފަ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ﷲ ގެ ދީން ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުން އެތައް ބައަކު ވަނީ މަގުފުރެދިފަ: ޝައިޚް ޢަލީ ޒާހިރު

ﷲ ގެ ދީން ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުން އެތައް ބައަކު ވަނީ މަގުފުރެދިފައިކަމަށް ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އެއިގެ ތެރޭގައި ދީނުގެ ނަމުގައި ދީނަށް ގެއްލުންދޭ އެތައް ބައަކު ވާކަމަށާއި ހެޔޮ ހިތުން ވިސްނައި ފިކުރުކުރާ މީހަކަށް ޙައްޤާއި ބާޠިލް ވަކިވާނެ ކަމަށެވެ. 

ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިމިވަނީ އައިއެސްއިން ލަންކާގައި މިމަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާއި އަދި އެއަށްފަހުވެސް ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ސްރީލަންކާއި މުސްލިމުންނަށް ތަފާތު ދަތިތައް ކުރިމަތިވެފައިވާ ވަގުތެއްގައެވެ. މޫނު ބުރުގާ އަޅައިގެން މަގުމަތީގައި އުޅުމުގެ ޙައްޤުވެސް މިހާރު ވަނީ ގެއްލިފައެވެ.

މިއަދު އޮންލައިން