ސްޕްރީމް ކޯޓަކީ "ވަކަރުގެ" އެއް ކަމަށް ސިފަ ކުރެއްވުމުން އިމްތިޔާޟް ފަހުމީ ކޯޓަށް ޙާޒިރުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސްޕްރީމް ކޯޓަކީ "ވަކަރުގެ" އެއް ކަމަށް ސިފަ ކުރެއްވުމުން އިމްތިޔާޟް ފަހުމީ ކޯޓަށް ޙާޒިރުކުރަނީ!

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަކީ "ވަކަރުގެއެއް" ކަމަށް މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޟް ފަހުމީ މިއަދުގެ މަޖިލިސް ޖަލްސާގައި ސިފަކުރައްވާފައިވަނިކޮށް ސްޕްރީމް ކޯޓަށް ޙާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ. 

އިމްތިޔާޟް ފަހުމީ ކުރެއްވި ޓްވީޓްގައި ހާމަކުރައްވާފައިވާ ޗިޓްގައި ވަނީ މާދަމާ ހެނދުނު 8.30އަށް ހާޒިރުވުމަށް އަންގައިފައެވެ. އިމްތިޔާޟް ފަހުމީ މިކަން ސިފަކުރައްވާފައިވަނީ މިއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ކޯޓުތަކުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަ ދެއްކުން ހުޓުވައި ނުލެވޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިމްތިޔާޟް ފަހުމީގެ އިތުރުންވެސް ގިނަ އަދަދެއްގެ މެންބަރުން ވަނީ ކޯޓުތަކަށް ފާޑުވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ ފަނޑިޔާރުން ބަދަލުކުރަން ޖެހޭ ކަމަށާއި ފެބްރުއަރީ1 ގެ ޙުކުމާއި ގުޅިގެން 2 ފަނޑިޔާރުން ބަންދުކޮށް ދެން ތިއްބެވި 3 ފަނޑިޔާރުންނަށް ފިޔަވަޅު ނުއެޅުން ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްސަލަ އަދިވެސް ނުނިންމައި ބަންދުގައި ބަހައްޓާތީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

މިއަދު އޮންލައިން