ގިނަ މެންބަރުންތަކަކަށް މަޖިލީހަށް ފުރުޞަތު ނުދިނީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް އަނިޔާވެރިވާން ފުރުޞަތު ދިނީމަ!: ގަބޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ގިނަ މެންބަރުންތަކަކަށް މަޖިލީހަށް ފުރުޞަތު ނުދިނީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް އަނިޔާވެރިވާން ފުރުޞަތު ދިނީމަ!: ގަބޯ

18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންތަކެއް 19 ވަނަ މަޖިލީހަށް ރައްޔިތުން ފުރުޞަތު ނުދިނީ ރައީސް ޔާމީނުގެ ސަރުކާރަށް ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ރައްޔިތުންނަށް އަނިޔާވެރިވާން ފުރުޞަތު ދިނުމުން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަބޯ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޢަބްދުލްޣަފޫރު ވިދާޅުވީ ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ޙާޞިލު ނުކުރެވުމުން ރައްޔިތުން އެ މެންބަރުންނަށް އިތުރު ފުރުޞަތު ނުދީ މަޖިލީހުން ބޭރުކުރުމުން 19 ވަނަ މަޖިލީހަށް އިންތިޚާބުކުރެވުނު މެންބަރުގެ ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

19 ވަނަ މަޖިލީހަކީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ މަޖިލީހެއް ކަމަށްވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މިއަދު އޮންލައިން