އިންޝުއަރަންސް ސިނާއަތުން 14%ގެ ކުރިއެރުން ފަހަތަށް ޖައްސައި އަމާނާ ތަކާފުލްއިން 22%ގެ ކުރިއެރުމެއް ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
އިންޝުއަރަންސް ސިނާއަތުން 14%ގެ ކުރިއެރުން ފަހަތަށް ޖައްސައި އަމާނާ ތަކާފުލްއިން 22%ގެ ކުރިއެރުމެއް ހޯދައިފި

އަމާނާ ތަކާފުލް މޯލްޑިވްސް ޕލކ އިން 22 އިންސައްތައިގެ ވިޔަފާރީގެ ކުރިއެރުމެއް މިދިއަ އަހަރު ހޯދައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިންޝުއަރަނަސް ސިނާއަތް ކުރިއެރި 14 އިންސައްތައާ އަޅާބަލާއިރު ރެކޯޑްކުރިއެރުމެކެވެ. ޝަރީޢާގެ އުސޫލުން ރާއްޖޭގައި އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި އަމާނާ ތަކާފުލް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރިތާ މިހާރު 8 އަހަރު ވެއްޖެއެވެ. މިއަދު ބޭއްވި މި ކުންފުނީގެ 8 ވަނަ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައެވެ.

2018 ވަނަ އަހަރުގެ މާލީ އަހަރު ނިމުނުއިރު ކުންފުނީގެ މާލީ ހިސާބުތައް ވަރަށް ފުރިހަމަ އެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބުނުއިރު ޖުމްލަ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 2017 ވަނައަހަރުގެ އާމްދަނީ އާއި ވިޔަފާރިފައިދާ އަޅާބަލާއިރު 23 އިންސައްތައާއި 113 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ކުރިއެރުންތައް އެންމެ ބޮޑަށް ބިނާވެފައިވަނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކުން ލިބުނު ކުރިއެރުންތަކާއި އަދި މާކެޓިންގ ހަރަކާތްތައް ރޭވުންތެރިކަމާއެކު ހަރުދަނާގޮތެއްގައި ހިންގުމުގެ ސަބަބުންނެވެ. ހަމައެހެންމެ، ވިޔަފާރީގެ އިސްތިރާޖީތަކާއި އަދި ކުންފުނީގެ ހިންގުމަށް ގެނެވުނު މުހިންމު ބަދަލުތައްވެސް މިކުރިއެރުންތަކަށް ހިއްސާކުރިއެވެ.

މި ކުންފުނީގެ އެންމެހާ ގުޅުންހުރި ފަރާތްތަކަށް ވެފައިވާ ވައުދާ އެއްގޮތަށް، ޓެކްނޮލޮޖީގެ ގޮތުންނާއި ރިސަރޗްއާއި ޑިވެލޮޕްމެންޓް އަދި ޑިސްޓްރިބިއުޝަން ޗެނަލްތައް އިތުރަށް ފުޅާކުރުމާއި މާކެޓިންގ ހަރަކާތްތައް އިތުރުކުރުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އިންސާނީ ވަސީލަތް ވަނީ އިތުރުކުރެވިފައެވެ. ހަމައެހެންމެ އިންޝުއަރަންސް ބަދަލުގެ (ކްލެއިމްސް) ގޮތުގައި 47 މިލިއަން ރުފިޔާ (2017 ވަނައަހަރާއި އަޅާބަލާއިރު 16 އިންސައްތަ އިތުރު) މިދިޔަ އަހަރު ދެވިފައިވެއެވެ.

އަމާނާ ތަކާފުލްގެ ހިދުމަތައް 15 އަހަރު ފުރޭއިރު އަޅުގަނޑުމެންގެ ނިޒާމުތަކާއި އުސޫލުތަކާއި އިންސާނީ ވަސީލަތްތައް ފައިހަމަކުރަނީ ކުންފުނީގެ އިސްތިރާޖީ އަމާޒުކަމުގައިވާ ތަފާތުދެއްކުމާއި އެކު އާ ލަނޑުދަނޑިތައް ހާސިލްކުރުމެވެ. ދިވެހިރާއްޖޭގައި އިސްލާމީ މާލީ ނިޒާމު، ހާއްސަ ގޮތެއްގައި ތަކާފުލްގެ މުސްތަޤްބަލް ބިނާކުރުމަށް މިކުރާ ދަތުރުގައި މިމަސައްކަތްތައް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުން ވަނީ ބަލައިގަނެފައެވެ. ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އެންމެ ފުރިހަމަ ގޮތުގައި އަންޑަރައިޓް ކުރެވިފައިވާ ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމެވެ.

އަމާނާ ތަކާފުލްއިން ވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ވިދިވިދިގެން 8 އަވަނަ އަހަރު ބެހުމަށް ނިންމާފައެވެ. 2018 ވަނަ އަހަރު ބެހި އިންޓެރިމް ޑިވިޑެންޑްއާ އެކު ރަސްމީ ޑިވިޑެންޑްއެއް ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެގޮތުން ހިއްސާއެއްގެ މޫނުމަތީގެ އަގުގެ 15 އިންސަތައިގެ ފައިދާއެއް 2018 ގައި ނިމުނު މާލީ އަހަރުގައި ބެހުމަށް ވަނީ ނިންމާފައެވެ.

ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމުގެ ބޭނުމަށް ހިއްސާގެ ރަޖިސްޓްރީ ބަންދުކުރާ އެންމެ ފަހުގެ ތާރީޚަކީ 20 އެޕްރިލް 2019 އެވެ. އެމުއްދަތާއި ހަމައަށް ރަޖިސްޓްރީވެފައިވާ ހުރިހާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނެއެވެ.

"ހެޔޮ ހިންގުމުގެ ނިޒާމުގެ މާނައަކީ ރަނގަޅު ވިޔަފާރި، އެގޮތުން އަމާނާ ތަކާފުލް ދެމި އޮންނާނީ ވިޔަފާރީގެ އަޚްލާޤް އަދި ކޯޕަރޭޓް ގަވަނަންސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާ އަދި އެމަގުން އެކަން ތަންފީޒުކުރުމާއި އެކު ހިރާސް މެނޭޖްކުރުން ހަރުދަނާކުރުމާއި ކުންފުނީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުންމަތީ" އަމާނާ ތަކަފުލްގެ މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލައިމާން ޔަޤީންކަން ދެއްވިއެވެ.

ކުންފުނީގެ ހިއްސާދާރުން ވަނީ ކުންފުނީގެ ބޯޑުގައި މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި އިންނަވާ ޑރ.އަބްދުﷲ ޝިހާމް އާ ދައުރަކަށް އަލުން އިންތިޚާބުކޮށްފައެވެ. އިސްލާމީ މާލީ ނިޒާމުގެ ތަޖުރިބާކާރެއްގެ ގޮތުގައި ޑރ.އަބްދުﷲ ޝިހާމް މިނިވަން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަލުން އިންތިޚާބުވުމުން އެބޭފުޅާއަށް މަރުޙަބާ ދަންނަވަމެވެ.

 

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވަނީ ކުންފުނީގެ ހިއްސާދާރުންނަށް ހިލޭ ޕަރސަނަލް އެކްސިޑެންޓް ކަވަރއެއް ދިނުމަށް ނިންމާފައެވެ. މިކަމާ ގުޅޭ މައުލޫމާތު ހިއްސާދާރުންނަށް ފަހުން އެންގޭނެއެވެ.

ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވާ ޑިރެކްޓަރުންނަކީ، ތައްޔިބް އަކްބަރް އަކީ (ޗެއަރމަން)، އުސްމާން ޤާސިމް، ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް، ޑރ.އަބްދުﷲ ޝިހާމް، އަބްދުﷲ ކާސިމް އަދި ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ) އެވެ.

މިއަދު އޮންލައިން