ހދ. ކުރިނބި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މިކަމާގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާރު އެރަށުގައި ކުރިއަށްދަނީ ބަނދަރު ސަރަހައްދުގައި ޕޭވްމެންޓު ހެދުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ބަނދަރު ތަރައްގީކޮށް ނިމުމުން ރަށުގެ ރައްޔިތުންނަށާއި ލަފާފުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.