އިސްލާމީ ޝިޢާރެއް ފައުޅުކުރުން ހުއްޓުވުމުގެ ޒިންމާ އައިއެސް އިން ނަގަން ޖެހޭނެ: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އިސްލާމީ ޝިޢާރެއް ފައުޅުކުރުން ހުއްޓުވުމުގެ ޒިންމާ އައިއެސް އިން ނަގަން ޖެހޭނެ: ޝައިޚް އަނީލް

"ލަންކާގަ އައިއެސް އިން ދިން ހަމަލާތަކުގެ ސަބަބުން މުސްލިމުންނަށް ލިބުނު ނިކަމެތިކަމާއި، އިސްލާމީ ޝިޢާރެއް ފައުޅުކުރުން ހުއްޓުވިގެން ދިއަ ކަމުގެ ފާފަ ޤިޔާމަތް ދުވަހުން ނަގަން ޖެހޭނެކަން ޔަޤީން" ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ. ޝައިޚް އަނީލް ވިދާޅުވީ މިއީ އެޖަމާއަތަށް ތާއީދުކުރާ މީހުން ވިސްނާލަން ޖެހޭނެ ކަމެއް ކަމަށެވެ.

ޝައިޚް އަނީލް މިމޭރުމުން ވިދާޅުވެފައިވަނީ ލަންކާއަށް ކުރީހަފްތާގައި އައިއެސްއިން ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅުވައިގެން މޫނު ބުރުގާ އެޅުންވެސް ހިމެނޭ ގޮތަށް ލަންކާގައި ކާކުކަން ނުއެނގޭ ގޮތަށް ހެދުން އެޅުން މިއަދުން ފެށިގެން މަނާކޮށްފައިވާތީއެވެ.

އައިއެސް ފަދަ ޖަމާއަތްތައް ބޭނުންކޮށްގެން ޤައުމުތަކުގެ ސަލާމަތަށް ނުރައްކާތައް ކުރިމަތިކުރުވައިގެން އިސްލާމް ދީނަށް ހުރަސް އަޅަން އިސްލާމް ދީނާއި ޢަދާވާތްތެރި ބޮޑެތި ޤައުމުތަކުން އަންނަނީ މަސައްކަތްކުރަމުންކަން ފާހަގަކުރެވެއެވެ. އައިއެސް އުފައްދުވައި ހަތިޔާރުދީގެން ކުރިއެރުވި ޤައުމަކީ އެމެރިކާކަމަށްވާއިރު އައިއެސްއަކީ މެދުއިރުމަތީގެ ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލަކަށް ހެދުމުން އެކަން މިހާރު ވެފައިވަނީ އެމެރިކާގެ އިޤްޠިޞާދަށް އެންމެ ފައިދާހުރި ވިޔަފާރި ވިޔަފާރިއަށްކަންވެސް އިޤްޠިޞާދީ މާހިރުން ފާހަގަކުރެއެވެ.

އައިއެސްގެ އިތުރުން އަލްޤައިދާއަކީވެސް އެމެރިކާ އުފައްދުވައި ކުރިއެރުވި ޖަމާއަތެކެވެ.

މިއަދު އޮންލައިން