ޤިޔާމަތް ދުވަހު ބަނގުރޫޓުވެފައިވާ މީހަކަށް ނުވުމަށްޓަކާ ދޫ ރައްކައުތެރިކުރަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޤިޔާމަތް ދުވަހު ބަނގުރޫޓުވެފައިވާ މީހަކަށް ނުވުމަށްޓަކާ ދޫ ރައްކައުތެރިކުރަންޖެހޭ!

"ޤިޔާމަތް ދުވަހު ބަނގުރޫޓުވެފައިވާ މީހަކީ މީހުންގެ ޙައްޤުތަކަށް އަރައިގެންފައިވާ މީހާއެވެ. އެކަމުގެ ސަބަބުން އޭނާގެ ހެޔޮ އަމަލު އެމީހަކަށް ދީ އެމީހާގެ ނުބައި އަމަލުތައް ނަގަން ޖެހޭ މީހާއެވެ. މީހުންގެ ޙައްޤާއިމެދު ރައްކައުތެރިވާށެވެ. ޚާއްޞަކޮށް ދޫ ރައްކައުތެރިކުރާށެވެ."

މިއީ ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މި ބަސްފުޅުގައި "މީހުންގެ ޙައްޤާއިމެދު ރައްކައުތެރިވާށެވެ. ޚާއްޞަކޮށް ދޫ ރައްކައުތެރިކުރާށެވެ." ވިދާޅުވެފައިއެވާ ބަސްފުޅުގައި ލިޔުމުން، ފޮޓޯ ހަދައިގެން ސޯޝަލް މީޑިއާގައި ހާމަކުރާ ހާމަކުރުންތައް ހިމެނޭނެކަން ފާހަގަކުރެވެއެވެ. މާނައަކީ ދުލުން ނުވަތަ އެނޫންވެސް ގޮތަކުން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމުގެ ބަދަލު ޤިޔާމަތް ދުވަހުން ދޭން ޖެހޭނެ ކަމެވެ.

މިއަދު އޮންލައިން