މޫސާ ސިރާޖު ވެސް ޑީޖޭއޭ އަށް ހާޒިރުވާން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
މޫސާ ސިރާޖު ވެސް ޑީޖޭއޭ އަށް ހާޒިރުވާން އަންގައިފި

ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް މިފަހަރު އިންތިޚާބުވެވަޑައިގެންނެވި  މޫސާ ސިރާޖް ވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިއަދު ހާޒިރުވާން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

 

މިކަން ހާމަ ކުރައްވަމުން މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދު މެންދުރުފަހު 15:00 އަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.

 

ޑީޖޭއޭ އިން ފޮނުވި ޗިޓުގެ ފޮޓޯއަކާއެކު ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ދުވާލަކު ދެފަހަރު ހާޒިރު ކުރިކަމުގައި ވިޔަސް "ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކި ކޮށްގެން ކަމަށް ބުނާ ސްޓޭންޑް" ބަދަލެއް ނުކުރައްވާނެ ކަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާ ކުރަން ކުރައްވާ މަސައްކަތް ވެސް ހުއްޓައެއް ނުލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ސުޕްރީމް ކޯޓުން އަންގައިގެން ޑީޖޭއޭ އިން ބަލާ މައްސަލައަކަށް އިއްޔެ ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްސަލައަކަށްވީ، އިންސާފު ގާއިމްކުރެވެން އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ވިދާޅުވެ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކެވެ.

 

މިއަދު އޮންލައިން