ފަނޑިޔާރުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވީ ކޮން މަޤްސަދެއްގައިތޯ ސުއޫދް އާއި ސުވާލު ކުރައްވައިފި!

ކިޔުމަށް ހޭދަވާނީ 1މ
ފަނޑިޔާރުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވީ ކޮން މަޤްސަދެއްގައިތޯ ސުއޫދް އާއި ސުވާލު ކުރައްވައިފި!

ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިއަދު އެމަނިކުފާނު ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި "ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައި ތިބި މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ރައީސް ސުއޫދް، އެޕްރޮގްރާމްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެހުރިހާ ބޭފުޅުން މަޤާމުން ދުރު ކުރަން ޖެހޭ ކަމަށެވެ.

ޑީޖޭއޭ އަށް ހާޒިރުވުމަށްފަހު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، އެވާހަކަތައް ދެއްކެވީ ކޮން މަޤުސަދެއް ހާސިލް ކުރަންތޯ އެހި ކަމަށެވެ. އެމަނިކުފާނާއި ސުވާލު ކުރެއްވީ ޑީޖޭއޭ އާއި ސުޕްރީމް ކޯޓުގެ އިސް ބައެއް ބޭފުޅުން ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

"އަޅިގަނޑު ދެންނެވިން މަޤްސަދެއް ނެތޭ. ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމޭ އަޅުގަނޑު ބޭނުން ކުރި. އެއީ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކައެއްކަން ފާހަގަ ކުރިން" ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

މިއަދު އޮންލައިން