މަގާމު ގެއްލޭ ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލް ބަލައިގަނެ, ކޮމިޓީއަށް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
މަގާމު ގެއްލޭ ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލް ބަލައިގަނެ, ކޮމިޓީއަށް ފޮނުވައިފި

ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ފަރާތްތަކަށް އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

މި ބިލް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު އެވެ.

ރިޔާޒުގެ މި ބިލްގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން މަގާމުން ވަކިވާ ހިސާބުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެން ވާނެ ކަމަށެވެ.

މިބިލު މަޖިލީހަށް ބަލައިގެންފައި ވަނީ 31 މެންބަރުންގެ ވޯޓާއެކުގަ އެވެ. ދެކޮޅަށް 15 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ދޭން ނުފެންނަ ކަމަށް ވެސް މެންބަރަކު ވޯޓު ދެއްވި އެވެ.

މަގާމު ގެއްލޭ ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލެއް ހުށަހަޅާފައިވާއިރު ކުރީގެ މަޖިލިސް މެންބަރުންނަށް ވެސް އިނާޔަތް ލިބޭ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. 

މިކާމާގުޅިގެން ރައްޔިތުންމަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަގާމުން ވަކިވާ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިޔަސް އަލަށް ފަށާ 19 ވަނަ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން