ރައްޔިތުންގެ މަޖިލިހުގެ އަށާރަވަނަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ރައްޔިތުންގެ މަޖިލިހުގެ އަށާރަވަނަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަނީ!

ރައްޔިތުންގެ މަޖިލިހުގެ 18 ވަނަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ތާވަލްކޮށްފިއެވެ.

ހޯމަ ދުވަހު ބާއްވާ ފަހުޖަލްސާގެ އެގެންޑާ މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ދައުރު އަންނަ މަހުގެ ނިޔަލަށް ހަމަވާނެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 87 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 28 ގައެވެ.

އާ މަޖިލިހާ އެކު، އާ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ ޖޫން މަހު އެވެ. 

ރައްޔިތުންގެ މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އެމްޑީޕީ އަށް 65 ގޮނޑި ވަނީ ލިބިފައެވެ.

 

 

 

 

މިއަދު އޮންލައިން