ހަރުކަށި ފިކުރުތަކުން ސަލާމަތް ކުރެވޭނީ ދީނުގެ ޞައްޙަ މައުލޫމާތު ގިނައިން ދެވިގެން- ދީނީ ކަންކަމާ ދުރުކޮށްގެނެއް ނޫން: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަރުކަށި ފިކުރުތަކުން ސަލާމަތް ކުރެވޭނީ ދީނުގެ ޞައްޙަ މައުލޫމާތު ގިނައިން ދެވިގެން- ދީނީ ކަންކަމާ ދުރުކޮށްގެނެއް ނޫން: ޝައިޚް ޢަލީ ޒާހިރު

ހައްދު ފަހަނައަޅާފައިވާ ހަރުކަށި، ތަކްފީރީ ފިކުރާ އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި ހަރުކަށި ފިކުރުތަކުން މީހުން ސަލާމަތް ކުރެވޭނީ ދީނުގެ ޞައްޙަ މައްލޫމާތު ގިނައިން ދެވިގެން ކަމަށާއި އަދި ދީނީ ކަންކަމާއި ދުރުކޮށްގެން ނޫންކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރަކީ އިސްލާމް ދީނާއި ގުޅިފައިވާ ކަމެއްކަމަށް ބުނެ ބައެއް މީހުން މީސްތަކުން އިސްލާމް ދީނާއި ދުރުކުރަން މަސައްކަތް ކުރެއެވެ. އިސްލާމް ދީން ކުށްވެރި ކުރެއެވެ. ނަމަވެސް ހަރުކަށި ފިކުރަކީ އިސްލާމް ދީނާއި ގުޅިފައިވާ ކަމެއް ނޫންކަން ނިޔުޒީލަންޑުގައި ދިން ޓެރަރިސްޓް ހަމަލާތަކުން ވެސް ވަރަށް ރަނގަޅަށް ވަނީ ސާބިތުވެފައެވެ. ނިޔުޒީލަންޑުގައި މުސްލިމުންނަށް ހަމަލާދީ ޝަހީދުކުރީ މުސްލިމުންނެއް ނޫނެވެ.

ކްރިސްޓިއަނުން ކަމަށް ބުނާ ބައެކެވެ. ވީމާ ހަރުކަށި ފިކުރާއި އިސްލާމް ދީނާއި ގުޅުވޭނެ ގޮތެއް ނެތެވެ.

 

 

މިއަދު އޮންލައިން