ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

އަވަށްޓެރި ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައި ވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބެހޭގޮތުން ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

މިއަދު އޮންލައިން