އިންޑިއާއިން ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކްރިކެޓް ދަނޑެއް އަޅައިދީ އަދި ކްރިކެޓް ކުޅުން ތެރިން ތަމްރީނުކޮށްދޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ. އަދި މިކަމަކީ އިންޑިއާގެ ޚާރިޖީވަޒީރު ސުޝްމާ ސަވަރާޖް މިދިއަ މަހު ޜާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅިގެން ހައިކޮމިޝަނުން ބުނެފައިވަނީ މި ދަތުރުފުޅުގައު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ އިންޑިއާގެ ކްރިކެޓް ބޯޑުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވައި މިކަމުގެ މަޝްވަރާތައް ކުރައްވާފައި ކަމަށެވެ.
އިންޑިއާ އިން މިހާރުވެސް ގެންދަނީ ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން އެހީތެރިވަމުން ކަމަށާއި ސްކޫލް ކުދިންގެ ކްރިކެޓް މުބާރާތަށް އެހީތެރިވެދީފައިވާ ކަމަށްވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.