ދިވެހިން މިތިބީ ސްރީލަންކާގެ ރައްޔިތުންނާއެކު: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ދިވެހިން މިތިބީ ސްރީލަންކާގެ ރައްޔިތުންނާއެކު: ރައީސް ޞާލިޙް

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން މިތިބީ ސްރީލަންކާގެ ސަރުކާރާއި އަދި ރައްޔިތުންނާއެކުގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 150 އާއި ގާތްވެފައިވަނިކޮށް އެ ހަމަލާ ކުށްވެރި ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޞާލިޙް ވަނީ މިހަމަލާތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމާއި ހިތާމަފުޅު ކުރައްވާކަން ހާމަކުރައްވައިފައެވެ. އަދި ރާއްޖެ އަބަދުވެސް ދެމިއޮންނާނީ ޓެރަރިޒަމާއި ދެކޮޅަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

 

 

މިއަދު އޮންލައިން