ރައީސް ޞާލިޙް "ދަރުމަ ކަމާކެމި" ކުރިއަށްދާގޮތް ބައްލަވާ ލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް ޞާލިޙް "ދަރުމަ ކަމާކެމި" ކުރިއަށްދާގޮތް ބައްލަވާ ލައްވައިފި

މިސްކިތް އެޅުމަށާއި މިސްކިތްތައް މަރާމާތުކުރަން އަދި ދީނީ ޕްރޮގްރާމްތައް ހިންގުމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީން މިއަދު ކުރިއަށް ގެންދިއަ "ދަރުމަ ކަމާކެމި" ޕްރޮގްރާމް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައްލަވާ ލައްވައިފައެވެ. 

މޫސުން ގޯސްވެ ގިނަ ބައަކަށް މިއަދު ޕްރޮގްރާމްގައި ބައިވެރި ނުވެވުމުން މާދަމާ މެންދުރު ފަހުވެސް މި ޕްރޮގަރާމް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.  

މިޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިޞަލް ނަސީމް ވަނީ އިސްލާމިކް މިނިސްޓްރީން ކުރާ ކޮންމެ ކަމެއްވެސް ވީހައި ބޮޑަށް ދެފުށް ފެންނަ ގޮތަށް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީއަކީ ވެސް ކޮރަޕްޝަނުގެ ހާއްޔަކަށް ހަދާފައިވުމުން އެމިނިސްޓްރީގެ ކަންކަމަށް ރައްޔިތުންގެ އިތުބާރު އަނބުރައި ހޯދުމުގެ މުހިންމުކަންވެސް ފައިޞަލް ވަނީ ފާހަަގކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ތާރީޚުގައިވެސް ކުރިމަތިވެފައި ނުވާހައި ގިނަ، އަދި ބޮޑެތި އަދަދުތަކުގެ ފައިސާގެ މައްސަލަތައް ރައީސް ޔާމީނުގެ ވެރިކަމުގައި އެ މިނިސްޓްރީގައިވެސް ހިނގާފައިވާކަން އޮޑިޓަރ ޖެނެރަލް ވަނީ ހާމަކުރައްވައިފައެވެ.

 

 

މިއަދު އޮންލައިން