"ދަރުމަ ކަމާކެމި" ޕްރޮގްރާމުގެދަށުން އިސްލާމިކް މިނިސްޓްރީން މިއަދު ބެހެއްޓި 2 ފަންޑު ފޮށްޓަށް މިއަދު 558691.49 ރުފިޔާ އާއި 757.06 ޑޮލަރު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓރީން ބުނެފިއެވެ.
އެމިނިސްޓްރީން މިސްކިތްތަކަށް އެހީތެރިވުމުގެ ފަންޑްފޮށްޓަށް ލިބިފައިވަނީ 465562.40 ރުފިޔާ ޢާއި 551.29 ޑޮލަރު ކަމަށެވެ. އަދި ދީނީ ފަންޑުފޮށްޓަށް ލިބިފައިވަނީ 205.77 ޑޮލަރާއި 93129.09 ރުފިޔާ ކަމަށެވެ.
މިއީ ބޭންކް އެކައުންޓް ތަކަށް ޖަމާކުރި ފައިސާ އާއި އިތުރުން ފަންޑުފޮށިތަކަށް ޖަމާކުރި ފައިސާއެކުގައެވެ.