ހިރިލަންދޫ އަށް ކުރިމަތިވެފައިވާ މައްސަލަތައް ރައީސް ޞާލިޙް އަށް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ހިރިލަންދޫ އަށް ކުރިމަތިވެފައިވާ މައްސަލަތައް ރައީސް ޞާލިޙް އަށް ހުށަހަޅައިފި

ކޮޅުމަޑުލު ހިރިލަންދޫ އަށް ކުރިމަތިވެފައިވާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަށް އެރަށުގެ ކައުންސިލުން ހުށަހަޅައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ހިރިލަންދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ވަނީ ޙިއްޞާ ކުރައްވާފައެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއި، ޞިއްޚީ ދާއިރާއިން ހުރި ދަތިތަކާއި، ބަނދަރުގެ ރަނގަޅު ކުރަންހުރި ކަންކަން ހިމެނެއެވެ.
 
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރުއޮތް ޕްލޭނާއި އެއްގޮތަށް ކުރިޔަށްދާނެކަމަށް ވިދާޅުވިއެވެ. އަދި އިތުރަށް އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން