ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރީގެ ހެލްތު މިނިސްޓަރުންގެ ސަމިޓެއް މާދަމާ ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކުރީގެ ހެލްތު މިނިސްޓަރުންގެ މި ސަމިޓު އިފުތިތާހު ކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.
ބަނޑޮސް އައިލެންޑު ރިސޯޓުގައި ކުރިއަށްގެންދާ މި ސަމިޓު ޗެއާ ކުރައްވާނީ މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.