ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ބިނާކުރި "މަސްޖިދުލް ބިއްރި" ހުޅުވާ ދެއްވައިފި!

ކިޔުމަށް ހޭދަވާނީ 49ސ
ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ބިނާކުރި "މަސްޖިދުލް ބިއްރި" ހުޅުވާ ދެއްވައިފި!

ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގެ ރައްޔިތުންނަށް ބިނާކުރި "މަސްޖިދުލް ބިއްރި" ރަސްމީކޮށް ހުޅުވާދެއްވައިފިއެވެ.

 

މަސްޖިދުލް ބިއްރި ހުޅުވާ ދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.

 

މިއަދުގެ ޢަސްރު ނަމާދު ވަގުތުގެ ކުރިން މިމިސްކިތް ހުޅުވާދެއްވާފައިވާއިރު، ރައީސް ޞާލިޙު ވަނީ މިމިސްކިތުގައި މިއަދުގެ ޢަސްރު ނަމާދު ވެސް ކުރައްވާފައެވެ.

 

ގިނަ ދުވަސްތަކެއްގެ މަސައްކަތަށްފަހު ބިނާ ކުރެވުނު މިމިސްކިތުގައި ފިރިހެނުންނަށާއި އަންހެނުންނަށް ވެސް ނަމާދު ކުރެވެން ހުރެއެވެ. ނަމަވެސް އަންހެނުންގެ ބައިގައި އަދި ޕާޓިޝަނެއް ޖެހުމުގެ މަސައްކަތް ނުނިމި އޮތުމުން، އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާ ބައި އަދި މިއަދު ނުހުޅުވައެވެ. ނަމަވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި އަންހެނުން ނަމާދު ކުރުމަށް ހަދާފައި ހުރި ބައިވެސް ހުޅުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން