މާފުށީ ޖަލުގައި "ޕްރެޒެންޓޭޝަން ސްކިލްސް" ކްލާސްތައް ނިންމާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 58ސ
މާފުށީ ޖަލުގައި "ޕްރެޒެންޓޭޝަން ސްކިލްސް" ކްލާސްތައް ނިންމާލައިފި

އިމަރޖެންސީ ސަޕޯޓްގްރޫޕް އަދި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްގެ އޮފިސަރުންނަށް އަމާޒުކޮށްގެން “ޕްރެޒެންޓޭޝަން ސްކިލްސް” ނަމުގައި ކުރިއަށްގެންދިޔަ ކްލާސްތައް ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއަދަތަށް ކުރިއަށްގެންދިޔަ މި ކްލާސްތަކަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން  އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ކްލާސްތަކެކެވެ.

މި ކްލާސްތަކަކީ، ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، އޮފިސަރުންގެ މެދުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ވާހަކަ ދެއްކުންތެރިކަމުގައި ހިމެނޭ މުޙިއްމު ކަންތައްތައް އޮފިސަރުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ކްލާސްތަކެކެވެ. މި ކްލާސްތަކުގައި ބަހުސްގެ ކުރާނެ ގޮތްތަކާއި ބާވަތްތައް އޮފިސަރުންނާ ވަނީ ޙިއްސާކޮށްފަވެ އެވެ.

މި ކްލާސްތަކުގައި އީއެސްޖީގެ 10 އޮފިސަރުންނާއި، އައިކޯސްޓުގެ 5 އޮފިސަރުން ބައިވެރިވެފަވެ އެވެ.

މިއަދު އޮންލައިން