އިންސާނުން ބައިތިއްބަން އެކަށީގެން ނުވާތީ މާލޭ ޖަލުގެ އެނެކްސް 1 ބަންދުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އިންސާނުން ބައިތިއްބަން އެކަށީގެން ނުވާތީ މާލޭ ޖަލުގެ އެނެކްސް 1 ބަންދުކޮށްފި

އިންސާނުން ބައިތިއްބަން އެކަށީގެން ނުވާތީ މާލޭ ޖަލުގެ އެނެކްސް 1 މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަންދުކޮށްފިއެވެ.

އެނެކްސް 1 ބަންދުކުރީ ދަގަނޑު ކޮށިތަކެއްގެ ގޮތުގައި އެތަން ހުރުމާއި ވައި ދައުރުވާނެ ގޮތެއް ނެތުމުން ހޫނު ގަދަވުމާއި ވައި ބަންދުވެފައި ހުރުމުން  ހަމުގެ ބަލިތައް ޖެހޭ ގައިދީންގެ އަދަދު ގިނަވެފައިވާތީ ކަމަށް ކަރެކްޝަންސް އިން ވަނީ ބުންޏެވެ.

ކުރިން ރިމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އެނެކްސް 1 ދެން އަލުން ހުޅުވާނީ އެހެން ގައުމުތަކުގައި ވެސް ޖަލުތައް ފަރުމާކޮށްފައިވާ ގޮތަށް އިމާރާތް ކުރުމަށް ފަހު ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އިންސާނުން ގެންގުޅެން އެކަށީގެންނުވާ ތަންތަން މަރާމާތުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކަރެކްޝަންސް އަށް އަންގަވާފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

 

މިއަދު އޮންލައިން