ސިހުރެއް ހައްދުވައިފިނަމަ އެނބުރި އައިސް އެކަން ކުރުވި މީހަކު ހަލާކު ކޮށްނުލާނެ އެއްވެސް ގޮތެއް ނޯންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ސިހުރެއް ހައްދުވައިފިނަމަ އެނބުރި އައިސް އެކަން ކުރުވި މީހަކު ހަލާކު ކޮށްނުލާނެ އެއްވެސް ގޮތެއް ނޯންނާނެ!: މުފްތީ މެންކް

ތިމާ އެދޭ ގޮތަކަށް ކަމެއް ނުވާނަމަ ސިހުރު ހަދާ މީހެއްގެ ގާތަށް ގޮސް ސިހުރު ހައްދުވާ މީހުން މިހާރުވެސް ބައިވަރެވެ. 3 މީހަކު ރަޙްމަތްތެރިންގެ ގޮތުގައި އެކުގައި އުޅެމުން ގޮސް ދެވަނަ މީހާ ދެކެ ކޮންމެވެސް ގޮތަކުން ހިތް ހަމަނުޖެހުމުން ދެން ހުރި މީހާ އާއި އޭނާ އާއި ދެމެދު ފިތުނަވެރިކުރުވަން އެބަ ސިހުރި ހަދައެވެ. ރައްޓެހިންނާއި ޢާއިލާގެ ތެރެއިން ކުރެވެން އުޅޭ ކައިވެނިތައް ހުއްޓުވަން އެބަ ސިހުރި ހަދައެވެ. 

ކައިވެންޏަށް ހުރަސް އަޅަން ސިހުރު ހައްދުވާ ބައެއް މީހުން ބުނަނީ ކއަިވެނި ހުއްޓުވަން ބޭނުންވަނީ ކައިވެނިކުރަން އުޅޭ މީހާއަށް ހެޔޮ އެދޭތީ އޭނާއަށް ރަނގަޅަކަށް ކަމަށެވެ. މިހެން ބުނާއިރު އޭނާއަށް ރަނގަޅު ގޮތް ކަނޑައަޅަން އެހެން މީހަކީ ކާކު ހެއްޔެވެ؟ ގާތް މީހަކު ރަނގަޅު ނޫން ސިފަތައް ހުންނަ މީހަކާއި ކައިވެނި ކުރަން އުޅޭކަން އެނގިއްޖެ ނަމަ އެކަން އޭނާއަށް ވިސްނައިދޭށެވެ. ސަބަބުތައް ބަޔާންކުރާށެވެ. އެވަރުންވެސް އެމީހަކު ޤަބޫލުނުކޮށްފިނަމަ އެމީހަކަށް ހެޔޮ ދުޢާ ކުރުމާއިއެކު ﷲ ތަޢާލާއަށް ވަކީލުކުރުމަށްފަހު އެހިސާބުން އެކަން ނިންމައިލާށެވެ. ސިހުރު ހެއްދުވުން ފަދަ ދީނުން ބޭރުވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެހެނީ ސިހުރު ހައްދުވަނީ ހަމަ ހަޤީޤަތުގައިވެސް އެމީހާއަށް ހެޔޮ އެދިގެން ކަމަށްވީނަމަވެސް މީހަކަށް ހެޔޮ އެދިގެން ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ކުރުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނެތެވެ. ހެޔޮ އެދިގެން ކުރި ނަމަވެސް ހެޔޮ ނުއެދި ކުރި ނަމަވެސް ޙަރާމް ކަމެއް ވާނީ ހަމަ ޙަރާމް ކަމަކަށެވެ. ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. 

ސިހުރު ހެދުމާއި ދަރިންގެ ކައިވެންޏަށް ހުރަސް ނުއެޅުމާއި ގުޅޭ ގޮތުން އަހަރެންކުރި ޕޯސްޓަކާއި ގުޅިގެން މީހަކު ބުނެފައިވެއެވެ. "އަހަރެންގެ އަންހެން ދަރިފުޅުގެ ކައިވެންޏާއި އަހަރެން ދެކޮޅު ހެދީމެވެ. އެއީ ހަމަ އެންމެ ސަބަބަކާއި ހުރެއެވެ. އެއީ އޭނާގެ ކިބައިގައި ތަނަވަސްކަމެއް ނެތުމުންނެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުން އަހަރެން އެކަން ހުއްޓުވަން ފަންޑިތައެއް ނުހަދަމެވެ. ނަމަވެސް މިއަދު އޭނާއަކީ ޢާއިލާގައި ހުރި އެންމެ ތަނަވަސް ދަރިފުޅެވެ. 

ޖަވާބުގައި އަހަރެން ބުނީމެވެ. ތިބާ ﷲ ތަޢާލާއަށް ބިރުވެތިވުމުން ތިބާ އޭނާގެ ކިބައިން ބޭނުންވެގެން ހުރި ހުރިހާ ކަމެއް ތިބާއަށް ﷲ ތަޢާލާ ދެއްވެވީއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. އެއިރުން ދާނީ އެދޭ ހުރިހާ ކަމެއްވެސް ޙާޞީލުވަމުންނެވެ. އިން ޝާ ﷲ! 

ހަމަ އެންމެ އާދައިގެ ކަންކަމުގައި ވެސް ސިހުރު ހައްދުވާއިރު ތިމާއަށް މިކުރެވެނީ އިސްލާމް ދީނުން ބޭރުވާ ފަދަ އަމަލެއްކަން ހިތަށްވެސް ނުއަރާފަދައެވެ. އަދި އެކަމުގެ ސަބަބުން ތިމާއަށް ކުރިމަތިވެދާނެ މައްސަލަތަކާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. ސިހުރެއް ހައްދުވައިފިނަމަ އެނބުރި އައިސް އެކަން ކުރުވި މީހަކު ހަލާކު ކޮށްނުލާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެނބުރި އަންނާނީ ކޮން ސިފައެއްގައި ކަމެއް ނުއެނގޭނެއެވެ. އަދި އެކަމުގެ އަސަރުކުރާނީ ނުވަތަ އެކަމުން ހަލާކުވެގެންދާނީ ތިމާގެ އަމިއްލަ ދިރިއުޅުމާއި އަނބިދަރިން ނޫން ކަމެއްވެސް ނުއެނގޭނެއެވެ. 

މީހަކަށް ދެރައެއް ދެވިދާނެއެވެ. މަރައިވެސް ލެވިދާނެއެވެ. ނަމަވެސް އެކަން އެނބުރި ބޮޑު މުޞީބާތެއްގެ ގޮތުގައި އެމީހަކާއި ދިމާއަށް ނުއަންނާނެ އެއްވެސް ގޮތެއް ނޮއޮންނާނެއެވެ. ވީމާ ދެ ދުނިޔެ ޙާޞިލުކުރަން އެދޭނަމަ މިފަދަ ކަންކަމަށް އިތުރަށް ވިސްނާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން