ރާއްޖޭގައި ސިއްހީ ދިރާސާކުރާ ދާއިރާ ފުޅާކުރަން ދަނީ ވިސްނަމުން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާލުވީ ސިއްހީ ދާއިރާއާ ގުޅޭ ގޮތުން މިދިޔަ އަހަރު ކުރި ހަ ދިރާސާއެއް އެކުލެވޭ 'ހެލްތު ރިސާޗު ބުލެޓިން' ނެރެދެއްވަމުންނެވެ.
މިނިސްޓަރ އަމީން ވިދާލުވީ ހެލްތު މިނިސްޓްރީން އަންނަނީ ސިއްހީ ދިރާސާކުރާ ދާއިރާ ފުޅާކުރަން ވިސްނަމުން ކަމަށާއި ސިއްހީ ދާއިރާގެ ރިސާޗުކުރުމުގެ ވިސްނުން ވަރަށް ބޮޑުތަން ކުރިއަރުވަން ބޭނުންވާކަމަށެވެ.
ސިއްހީ ދިރާސާ ކުރުމަށް 2007 ވަނަ އަހަރު ހަތް ޕްރޮޕޯޒަލެއް ނެޝަނަލް ހެލްތު ރީސާޗު ކޮމިޓީ ލިބިފައިވާއިރު 2017 ވަނަ އަހަރު 38 ޕްރޮޕޯޒަލެއް ލިބުނު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.