ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ކުންފުނިތަކަށް ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދޭން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަމަށެވެ.

ޕްރޮޕޯޒަލްގެ ފީ އަކީ 10،000ރ. ކަމަށާއި ފީ ދެއްކުމަށް އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 28 ގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމުގައި ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮތުމަކީ ވެސް ޝަރުތެކެވެ.

 

މިއަދު އޮންލައިން