އިތުރު ކޮމިޝަންތައް ހެދުމުގެ ބަދަލުގަ މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުން މާ ރަނގަޅު: އާޒިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އިތުރު ކޮމިޝަންތައް ހެދުމުގެ ބަދަލުގަ މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުން މާ ރަނގަޅު: އާޒިމް

އިތުރު ކޮމިޝަންތައް ހެދުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ އިތުރު ކަމިޝަންތައް ހެދުމުގެ ބަދަލުގައި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުންމާރަނގަޅުކަމަށާއި އެތަންތަނުގެ ތެރޭގައި ތިބި ކަރަޕްޓް މީހުން، ނޫނިއްޔާ ނާގާބިލް މީހުން އެއްކިބާކޮށް، ރަނގަޅު ގާބިލް، ކަންކަން ވާ މީހުން ލައިގެން އެ މައްސަލަތައް ބެލުމުގެ އިތުރު ބާރުދީގެން އެ ކޮމިޝަންތަކުން މިކަންތައްތައް ކުރުން މާ ރަނގަޅު ކަމަށެވެ.

ރިޔާސީ ކަމިޝަންތަކަށް ބާރު ދޭ ބިލް މަޖިލީހަށް ފޮނުއްވީ އިންތިހާބުގެ ކުރިން ކަމަށް ވެފައި އަދި މިހާރު އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިފައި ވާތީ ދެން އެންމެ ރަނގަޅު ގޮތަކީ މިހާރު ހުރި މުއައްސަސާތައް ރަނގަޅުކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ. 

އާޒިމް ވަނީ ތިން ވަނަ ދައުރަކަށް މެދު ހެންވާރުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

 

މިއަދު އޮންލައިން