ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ އިސްލާހު ބާތިލްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ އިސްލާހު ބާތިލްކޮށްފި!

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކޮށް ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަނެއްކާވެސް އިސްލާހުކޮށްފިއެވެ.

މި އިސްލާހް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

މި އިސްލާހަށް ވޯޓުދެއްވުމަށް ވޯޓު ގަޑީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 64 މެމްބަރުން ވެސް ވޯޓު ދެއްވީ އިސްލާހު ބާތިލް ކުރުމަށެވެ.

ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެއީ މިހާރު ތިއްބެވި 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓެވެ.

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ އިސްލާހު ބާތިލް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ރިޔާސި ވައުދެކެވެ.

މިއަދު އޮންލައިން