ކަނޑު ދަތުރުތަކުގެ ޝެޑިއުލް ބަލާލެވޭ އެޕްލިކޭޝަން ނިއަމި ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ކަނޑު ދަތުރުތަކުގެ ޝެޑިއުލް ބަލާލެވޭ އެޕްލިކޭޝަން ނިއަމި ތައާރަފްކޮށްފި

ރާއްޖޭގެ ކަނޑު ދަތުރުތަކުގެ ޝެޑިއުލް ފަސޭހައިން ބަލާލެވޭ "ނިއަމި" އެޕްލިކޭޝަން ޓްރާންސްޕޯޓް އޮތޯރިޓީން ތައާރަފްކޮށްފިއެވެ.

މިއެޕްލިކޭޝަން ލޯންޗް ކޮށްދެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގައި އެކަަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މި އެޕްލިކޭޝަންވެސް ހިމެނެއެވެ.

މިވަގުތު މި އެޕްލިކޭޝަނުން ހަމައެކަނި ފެންނާނީ ސަރުކާރުން ދޭ ފެރީގެ ހިދުމަތްތަކުގެ ޝެޑިއުލެވެ. އެހެންނަމަވެސް ކުރިއަށް އިތްތަނުގައި އަމިއްލަ ފަރާތްތަކުން ދޭ ދަތުރުތަކުގެ މައުލޫމާތު ވެސް ހިމަނާނެއެވެ.

މިއެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުރީ ގޫގުލް ޕްލޭ ސްޓޯގައެވެ.

މިއަދު އޮންލައިން