"ރޯދައަށް ހުއްޓައި ހަނދާން ނެތިގެން ކައި ބޮއި ހެދުނު ނަމަވެސް ރޯދައަށް އަސަރެއް ނުކުރާނެ ކަމަށާއި ރޯދަ ކުރިއަށް ގެންދިއުމަށް ރަސޫލް (ޞޢވ) ވަނީ އިރުޝާދު ދެއްވަވައިފައެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ވިސްނައިލަން ޖެހޭނެ ކަމަކީ މިކަމުގައި އިޚްލާޞްތެރިވުމެވެ. ޤަޞްދުގައި ކައި ބޮއި ހެދުމަށްފަހު ބަހަނާއަކަށް ހަނދާން ނެތުން ހަދަން ހެޔޮ ނުވާނެއެވެ. ކޮންމެ ފަދަ ކޯފާއެއްވެސް ލައްވަވައިފާނެ ކަމަށް ބިރުގަންނަން ވާނެއެވެ. މީސްތަކުންނަށް އޮޅުވައިލެވުނު ނަމަވެސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ހަމަ އެކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ.