މާދަމާ ރޯދަ ހިފަން ނިޔަތް ގަނެގެން އޮއްވައި ނިދިއްޖެ ނަމަ އެއޮތީ ނިޔަތް ގަނެވިފަ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މާދަމާ ރޯދަ ހިފަން ނިޔަތް ގަނެގެން އޮއްވައި ނިދިއްޖެ ނަމަ އެއޮތީ ނިޔަތް ގަނެވިފަ: ޑރ. އިޔާޟް

ރޯދަ ހިފަން ނިޔަތް ނުގަނެވިގެން ގިނަ ބައަކު ކަންބޮޑުވެއެވެ. ބައެއް މީހުން އެކަމުގައި ތަފާތު ސުވާލުތައްވެސް އުފައްދައެވެ. 

"އަޅުގަނޑު ނިދަން އޮށޯތީ މާދަމާ ރޯދަ ހިފަން ނިޔަތް ގަނެގެންނެވެ. ނަމަވެސް ހާރުކާކަށްވެސް ނުހޭލެވުނެވެ. ހޭލެވުނީ ފަތިސް ނަމާދުވަގުތު ޖެހުނު ފަހުންނެވެ. ވީމާ މިހާލަތުގައި އަޅުގަނޑަށް މާދަމާ ރޯދައަށް ހުރެވިދާނެތޯ؟" ފަދަ ސުވާލުތައް މިހާރުވެސް ކުރެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކިރިޔާވެސް އޮޅުން އަރާ ކަމެއް ނަމަ އޮޅުން ފިލުވައި ޔަޤީން ކުރަންވާނެއެވެ. ނޫންނަމަ ރޯދައަށް ހުރި ނަމަވެސް އެމީހަކަށް ހުރެވޭނީ ޝައްކުތަކެއްގެ މަތީގައެވެ. 

މިމައްސަލައިގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ރޯދަ ހިފަން ހިތުލީމާ އެއޮތީ ނިޔަތް ގަނެވިފައި" ކަމަށެވެ. މިސާލަކަށް އެމީހާ ނިދަން އޮށޯތީވެސް މާދަމާ ރޯދަ ހިފަން ނިޔަތް ގަނެގެން ކަމަށްވުމުން އިތުރަށް ނިޔަތް ނުގަތް ނަމަވެސް އެވަނީ ނިޔަތް ގަނެވިފައި ކަމަށެވެ. 

ޑރ. އިޔާޟް ވިދާޅުވީ ރޯދަ ވީއްލުމަށްފަހު ނުވަތަ އިރު އޮއްސުމުން މާދަމާ ރޯދަ ހިފަން ނިޔަގަނެގެން ހުންނަ މީހަކު، އެ ނިޔަތް ބާޠިލު ނުކުރާނަމަ އިތުރަށް ނިޔަތް ނުގަތް ނަމަވެސް އޭނާ އަނެއް ދުވަހު ހިފާ ރޯދަ ޞައްހަވާނެ ކަމަށެވެ. ވީމާ ނިޔަތް ގަތުމަކީ މިހައި ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

މިއަދު އޮންލައިން