ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން ފީއަލި ރައްޔިތުންގެ ހިތްތަކުގައި ދީނީ ރޫޙް އާލާކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދީނީ މުބާރާތްތައް މިއަހަރުވެސް ބާއްވަން ނިންމައި މުބާރާތްތައް އިއުލާނުކޮށްފިއެވެ.
އެ ޖަމިއްޔާއިން ބުނީ މިއަހަރުވެސް ބާއްވަނީ ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތަކާއި މަދަޙަ ކިޔުމުގެ މުބާރާތަކާއި ދީނީ ސުވާލު މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތްތަކަކީ ފައިސާގެ އިނާމުތަކެއް އެ ޖަމިއްޔާއިން ހުށަހަޅައިގެން ބާއްވާ މުބާރާތްތަކެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ މުބާރާތްތައް ބާއްވަނީ 7 އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ. އަދި މުބާރާތްތަކުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިހިނގާ އެޕަރީލް މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
މި މުބާރާތްތައް ފާއިތުވި 5 އަހަރު ބާއްވާފައިވަނީ މުބީން ފައުންޑޭޝަނުގެ ދީލަތި އެހީތެރިކަމާއިއެކުގައިކަން ފާހަގަކޮށް މުބީން ފައުންޑޭޝަނަށް ޝުކުރު އަދާކުރާ ކަމަށްވެސް ފީއަލި ޒުވާނުންގެ ގުޅުމުން ވަނީ ބުނެފައެވެ.