ވާރޭ ވިލާގަނޑު ބޯމަތީ އޮތް ނަމަވެސް އެވިލާގަނޑުން ވާރޭ ވެހޭނީ އެކަމަށް ﷲ އިރާދަ ކުރެއްވެވީމަ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ވާރޭ ވިލާގަނޑު ބޯމަތީ އޮތް ނަމަވެސް އެވިލާގަނޑުން ވާރޭ ވެހޭނީ އެކަމަށް ﷲ އިރާދަ ކުރެއްވެވީމަ: ޝައިޚް ޢަލީ ޒައިދު

"ވާރޭ ވިލާގަނޑު ބޯމަތީ އޮތް ނަމަވެސް އެވިލާގަނޑުން ވާރޭ ވެހޭނީ އެކަމަށް ﷲ ތަޢާލާ އިރާދަ ކުރެއްވެވީމައެވެ. އިރާދަ ނުކުރައްވަވާނަމަ ނުވެހޭނެއެވެ. ވީމާ އެކަމަށް އެދި ދުޢާ ކުރާށެވެ!" 

މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޝައިޚް ވިދާޅުވީ މިފަދަ ބަސްފުޅެއް ވިދާޅުވީ "ކޮން އިސްތިސްޤާ ނަމާދެއްހޭ، ވާރޭ ވިލާގަނޑު އެއޮތީ ބޯމަތީގައޭ، ސެޓެލައިޓް ފޮޓޯތައް އެހެރީއޭ" ބައެއް މީހުން އިއްޔެ ބުނެފައިވާތީ ކަމަށެވެ. 

މިއަދު ހެނދުނުވެސް މާލެއަށް އަވި ނިވައިލިއެވެ. ވާރޭ ވެހިދާނެހެންވެސް ހީވިއެވެ. ނަމަވެސް އަދި މިވަގުތާއި ހަމައަށް ވާރެއެއް ނުވެހެއެވެ. މިހާރު އޮތީ ގަދައަށް އަވިވެސް ދިއްލައިފައެވެ.

 

މިއަދު އޮންލައިން