ދުޢާ ކުރުމުގަ ކަންކަމަށް ތަރުތީބުން އެދޭށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދުޢާ ކުރުމުގަ ކަންކަމަށް ތަރުތީބުން އެދޭށެވެ!: މުފްތީ މެންކް

ކަންކަމަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމުގައި ތަރުތީބުން ކަންކަމަށް އެދޭށެވެ! އެންމެ އަވަހަށާއި އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަން ދީގެންނެވެ. 

އެގޮތުން ބަލައިފިނަމަ އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާނީ ބަނޑުފުރާނަ މުއްތިކުރުމާއި ސަލާމަތް ޞިއަހަތެކެވެ. އެހެނީ އިންސާނާއަށް ދިރިހުރެވޭނީ ކާންބޯން ލިބި ސަލާމަތް ޞިއްހަތެއްވެސް ލިބިގެންނެވެ. އަދި ސަލާމަތް ޞިއްހަތެއް ލިބިގެން ނުވާނަމަ އަޅުކަމެއް ވެސް ނުކުރެވޭނެތީއެވެ. 

އެހެންވީމާ ކުރާ ކޮންމެ ދުޢާއެއްގައި ސަލާމަތް ޞިއްހަތެއް ދެއްވެވުމަށް އެދި ދުޢާކުރަންވާނެއެވެ. ޚާއްޞަ ގޮތެއްގައި ނަމާދު ފުރިހަމަ ގޮތުގައި ކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. 

ﷲ ތަޢާލާއަށް ދުޢާ ކުރަން ލަދުގަންނަން ނުވަތަ ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދިވެސް ދުޢާކުރަންވީއެވެ. ކަމަކަށް ބޭނުންވެ ދުޢާ ނުކޮށް ހުރުމަކީ އަދި ދުޢާކުރުން މަދުކުރުމަކީވެސް ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފަތަކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

ޞިއްޙީ މައްސަލައެއް ކުރިމަތިވެ ރުކޫޢު، ސުޖޫދު ނުކުރެވޭ ނަމަ ރުކޫޢު ކުރުމަށް ގުދު ނުވެ، އަދި ނިތްކުރި ޖައްސައިގެން ސަޖިދަ ނުކޮށް ނަމާދުކުރުމަކީ މައްސަލައެއް ނޫން ނަމަވެސް ﷲ ތަޢާލާއަށްޓަކައި ރުކޫޢް ސުޖޫދު ކުރެވޭފަދަ ޙާލަތެއްގައި ހުރެވުމަކީ ކޮންފަދަ މަތިވެރި ނިޢްމަތެއްތޯއެވެ؟ ސަލާމަތް ޞިއްހަތަކަށް އެދިގެން މަސައްކަތް ކުރަން ޖެހެނީވެސް އަދި ދުޢާކުރަން ޖެހެނީވެސް މިފަދަ ސަބަބުތަކަށްޓަކައެވެ. 

ލޮލުގެ އަލިކަމަށް ބައްލަވާށެވެ! ބައެއް މީހުން އުމުރުން 70 އަހަރު ވެގެންދާއިރުވެސް އައިނު އަޅަން ނުޖެހި ފަސޭހަކަމާއިއެކު އެތިބަ ކީރިތި ޤްރްޢާން ކިޔަވަނީއެވެ. ކޮން ފަދަ މަތިވެރި ނިޢްމަތެއްތޯއެވެ! އެފަދަ ނިޢްމަތެއްގައިވާ މީހަކު ފެނުމުން ހަސަދަވެރިނުވާށެވެ! އޭނާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! ހަމަ އެއާއިއެކު ތިބާއަށްވެސް އެފަދަ ނިޢްމަތްތައް ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! 

މިއަދު އޮންލައިން