ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ޑރ. މައުސޫމަށް ސަފީރު ކަމުގެ މަގާމުގެ ފަތްކޮޅު ރައީސް ޞާލިޙު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް މިއަދު އައްޔަނުކުރެއްވި ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީއިން ޑޮކްޓާ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން ޑރ. މައުސޫމް ވަނީ ސަރުކާރުގެ މަތީ މަގާމުތައް ވެސް ފުރުއްވާފައެވެ. އެގޮތުން ފުރުއްވި މަގާމުތަކުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ވެސް ޑރ. މައުސޫމް އަދާކުރައްވާފައިވެއެވެ.