ދީނީ ޗެނެލް ހެދުމުގައިވެސް މަކަރާ ޙީލަތާ، ދޮޅުމިލިޔަން ރުފިޔާގެ ބޮޑު ޚިޔާނާތެއް ވެފައިވާކަން ހާމަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދީނީ ޗެނެލް ހެދުމުގައިވެސް މަކަރާ ޙީލަތާ، ދޮޅުމިލިޔަން ރުފިޔާގެ ބޮޑު ޚިޔާނާތެއް ވެފައިވާކަން ހާމަވެއްޖެ

އިސްލާމިކް މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން ދީނީ ޗެނެލް ހެދުމުގެ ނަމުގައި ކޮށަފައިވާ މުޢާމަލާތުތަކުގައި މަކަރާ ޙީލަތާ 1،459،574 ރުފިޔާގެ ބޮޑު ޚިޔާނާތެއް ވެފައިވާކަން ހާމަވެއްޖެއެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޓީވީ ޗެނެލާއި ރޭޑިއޯ ޗެނެލް އުފައްދަން ބޭނުންވާ ތަކެތީގެ ކޯޓޭޝަނެއް އިސްލާމިކް މިނިސްޓރީއަށް ހުށަހަޅައި 7،903،713 ރުފިޔާ ޕީއެސްއެމުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުކޮށްފައިވަނީ 1،638،853 ރުފިޔާ ކަމަށާއި މިޚަރަދު ކުރުމުން ބާކީ ހުންނަންޖެހެނީ 6،265،180 ރުފިޔާ ކަމަށާއި ނަމަވެސް ހުރީ 4،805،606 ރުފިޔާ ކަމަށެވެ. 

އެހެންކަމުން 1،459،574 ރުފިޔާއަށް ވަނީ ވީގޮތެއް ނުއެނގިފައެވެ.

މިކަމުގައި ހަދާފައިވާ އެންމެ ބޮޑު އެއް މަކަރަކީ އަލަށް ޓީވީ ޗެނެލަކާއި ރޭޑިއޯ ޗެނެލެއް ހެދުމުގެ ނަމުގައި ފައިސާ ހޯދުމަށްފަހު އެއިރުވެސް ޕީއެސްއެމުން ބޭނުންކުރަމުން ގެންދިއަ ޓީވީ ޗެނެލަކާއި ރޭޑިއޯ ޗެނެލެއްގެ ނަން ބަދަލުކޮށް ޚިދުމަތްދޭން ފަށާފައިވުމެވެ. 2016 ވަނަ އަހަރު މިފައިސާ އިސްލާމިކް މިނިސްޓްރީން ހޯދި ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ނުކޮށް ހުރުމަކީ މަކަރާއި ހީލަތުގެ އަމަލެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. 

މިއަދު އޮންލައިން