ޢާއިޝަތު ރަފާޙް ޢަލީ
ތިޔަބައިމީހުންގެ ދަރިންގެ ކުރިމަތީގައި ފިރިމީހާއަށް ނުވަތަ އަނބިމިހާއަށް ނުރަނގަޅު ކަމެއް ކުރެވިއްޖެނަމަ، އަނެކާގެ ކިބައިން މާފަށް އެދޭށެވެ. އަދި ދަރިން ގާތުގައި ބުނާށެވެ: "ތިމަންނާއަކީ ފުރިހަމަ މީހެއް ނޫނެވެ. ތިމަންނާއަކީވެސް އިންސާނެކެވެ. ﷲ ގަންދީ ބުނަމެވެ، އެދުވަހު ތިޔަދަރިންގެ މަންމައާ/ ބައްޕައާ މުޚާޠަބުކޮށް ވާހަކަދެއްކުނު ގޮތަކީ ނުބައި ގޮތެކެވެ. އަދި ތިމަންނާ ވަނީ އެކަމަށް މަންމަގެ ކިބައިން މާފަށް އެދިފައެވެ. ތިމަންނާ މިއުޅެނީ މިކަން ދަރިންނަށް އަންގައިދޭންވެގެންނެވެ." ދަރިންނަކީ ހެޔޮލަފާ ފިރިންނާއި ހެޔޮލަފާ އަނބިންގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ މިއީއެވެ.
ހަމައެކަނި ނިދާކޮޓަރި ތެރޭގައި "ސޮރީ" ބުނުމަކުން ނުފުދޭނެއެވެ. ދަރިންގެ ކުރިމަތީގައިވެސް ބުނާށެވެ: "އެނގޭހެއްޔެވެ؟ ތިޔަދަރިން އެތަނުގައި ތިބީމެއްނޫންހެއްޔެވެ؟ އެކަން ތިޔަދަރިންނަށް ފެނުނެއްނޫންހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ، އަހުރެންނަށް ކުރެވުނީ ކުށެކެވެ. ތިޔަދަރިންގެ މަންމައަކީވެސް ބައްޕައަކީވެސް އިންސާނެކެވެ. އަޅުގަނޑުމެންނަށްވެސް ކުށްކުރެވޭ ދަނޑިވަޅުތައް އަންނާނެއެވެ. އެކަން އެގޮތަށް ވެގެންނުވާނެއެވެ."
ސުންނަތަކީ މިއީއެވެ. އަދި މިއީ ތަވާޟުޢުވެރިކަމެވެ. އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މި ތަވާޟުޢުވެރިކަން ދައްކައިފިނަމަ، އިންޝާﷲ، އެކަލާނގެ އަޅުގަނޑުމެންގެ ކައިވެނީގައި ބަރަކާތް ލައްވާނެއެވެ.
ޝައިޚް ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން