މިފަސޭހަ ގޮތްތައް އިޚްތިޔާރުކުރައްވާ!: ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމަކީ ކުރާ ފައިދާތައް ވަރަށް ގިނަ، ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަންބޮޑު ޢަމަލެއް!

ކިޔުމަށް ހޭދަވާނީ 2މ 14ސ
މިފަސޭހަ ގޮތްތައް އިޚްތިޔާރުކުރައްވާ!: ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމަކީ ކުރާ ފައިދާތައް ވަރަށް ގިނަ، ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަންބޮޑު ޢަމަލެއް!

މަރްޔަމް ސާޖިދާ

 

މާތްﷲ ސުބުޙާނަހު ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ކޮބައިކަން ބަޔާންކޮށްދެއްވާ ރަސޫލާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ. "މާތް ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލެވެ."

އެހެންކަމުން، ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމުގެ މަތިވެރި އާދަ އަށަގެންނެވުމަށްޓަކައި، 'ޤުރުއާންލީ' އެޕަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭނުންކުރެވިދާނެ އެންމެ ފައިދާހުރި އެއް ވަސީލަތެވެ. މިއަދުގެ ހަލަބޮލި ދިރިއުޅުމުގައި ވަގުތު ހޯދުމަކީ ގޮންޖެހުމަކަށް ވިޔަސް، ކުދިކުދި ފިޔަވަޅުތަކަކުން ފަށައިގެން ޤުރުއާނާއި ގުޅުން ބަދަހިކުރުމަށް މިއެޕް މަގުފަހިކޮށްދެއެވެ.  

ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމުގެ މުހިންމުކަން:      

މަދުން ނަމަވެސް ދެމެހެއްޓުން: އިސްލާމްދީނުގައި އެންމެ މާތްކަން ބޮޑު އަމަލަކީ އެއީ ކިތަންމެ ކުޑަ އަމަލެއް ނަމަވެސް، މެދުނުކެނޑި ދެމެހެއްޓެނެވި ގޮތެއްގައި ކުރާ ހެޔޮ އަމަލެވެ. ޤުރުއާން ކިޔެވުމުގައިވެސް އެންމެ މުހިންމީ ގިނަ ޞަފްޙާތަކެއް އެއްފަހަރާ ކިޔެވުމަށްވުރެ، ކޮންމެ ދުވަހަކުވެސް ޤުރުއާނުގެ މިންވަރެއް ކިޔެވުމެވެ.       

ނަފްސާނީ ހަމަޖެހުމާއި ބަރަކާތް: ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ކިޔެވުމަކީ، ހިތަށް ހަމަޖެހުން ލިބި، މުޅި ދުވަހުގެ މަސައްކަތްތަކުގައި ބަރަކާތް ލެއްވިގެންދާ ކަމެކެވެ.

ޤުރުއާންލީ އެޕުން މިއާދަ ބިނާކޮށްދޭ ގޮތް:·    

ކުދި ލަނޑުދަނޑިތަކުން ފެށުން: ގިނަ ފަހަރަށް އާދައެއް ހަރުލައްވަން އުނދަގޫވަނީ މާ ބޮޑު ލަނޑުދަނޑިތަކަކުން ފެށުމުންނެވެ. ނަމަވެސް، މި އެޕުން ފުރުޞަތު ދެނީ ދުވާލަކު އެންމެ އާޔަތެއް ނުވަތަ ދެތިން އާޔަތުން ފެށުމަށެވެ.     

މެދުނުކެނޑި ކުރިއަށް ދިއުމުގެ ޖޯޝް (streaks): ކޮންމެ ދުވަހަކު ކިޔަވާ ދުވަސްތަކުގެ އަދަދު ގުނަމުންދާތީ، އެ ސިލްސިލާ މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް ބޮޑު ހިތްވަރެއް ލިބިގެންދެއެވެ.     

ޘަވާބާއި ދަރުމަ: ޤުރުއާނުގެ ކޮންމެ އަކުރަކަށް ލިބޭ ޙަސަނާތު އަންދާޒާކޮށް އެޕުން ދައްކައިދޭތީ، ކުރެވޭ ހެޔޮ އަމަލުގެ ބޮޑުކަން އިޙުސާސްކުރެވި، އިތުރަށް ކިޔެވުމަށް ޝައުގުވެރިކަން އުފެދެއެވެ.     

އާއިލާ އާއި ރަޙުމަތްތެރިންގެ ގުރޫޕް: އެޕް މެދުވެރިކޮށް އާއިލާއާއި ރަޙުމަތްތެރިންގެ ގުރޫޕް ހެދެން ހުރުމުން، އިތުރަށް ކިޔެވުމަށް ހިތްވަރުލިބިގެންދެއެވެ.  

އެހެންކަމުން، މި އެޕަކީ ތިމާއާއި ކީރިތި ޤުރުއާނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ބޭނުންކުރެވިދާނެ އެންމެ ފުރިހަމަ އެއް އެޕެވެ. ޤުރުއާންލީ އެޕްގެ ބޭނުން ހެޔޮގޮތުގައި ހިފާ ދުވާލަކު އެންމެ ދެ މިނެޓު ހޭދަކޮށްގެން ނަމަވެސް، ޤުރުއާނުގެ މިންވަރެއް ނުކިޔަވާ ދުވަހެއް ޙަޔާތުން ފާއިތުވެގެން ދިޔަނުދެމާ ހިނގާށެވެ.

މިއަދު އޮންލައިން