ހިތަށް ހަމަޖެހުން ލިބި އުފަލުގަ ހުންނަން ބޭނުންނަމަ މި ހަތަރު ކަންތައް ކުރަމުން ގެންދާށެވެ! ނަތީޖާފެނުންވެސް އަވަސްވާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހިތަށް ހަމަޖެހުން ލިބި އުފަލުގަ ހުންނަން ބޭނުންނަމަ މި ހަތަރު ކަންތައް ކުރަމުން ގެންދާށެވެ! ނަތީޖާފެނުންވެސް އަވަސްވާނެއެވެ! އިން ޝާ ﷲ

ހިތްހަމަޖެހިގެން އުފަލުގަ ހުންނަން މަގުފަހިކޮށްދޭނެ 4 ކަމެއް ބަޔާންކޮށްލާނަމެވެ.  

1 އެންމެ ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް އިތުބާރުކުރާށެވެ! އެކަންކުރަން ކުރަން އޮތްކަމަކީ ވަކީލްކުރުމާއި މިންވަރަށް އީމާންވުމެވެ.  

2 އުފާވެރިކަންލިބޭ ވަޤުތުގައިވެސް ހިތްދަތިކަންލިބޭ ވަޤުތުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ. ޙަމްދުކުރާށެވެ! ޛިކުރުކުރާށެވެ!  

3 ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ސުންނަތް ނަމާދުތައްކުރުން ގިނަކުރާށެވެ! ކުރާ ކޮންމެ ނަމާދެއްވެސް ޚުޝޫޢަތްތެރިކަމާއިއެކުކުރަން މަސައްކަތްކުޜާށެވެ!  

4 ޙަސަދަވެރިކަމަށް އެއްވެސް ފުރުޞަތެއް ނުދޭށެވެ. މާނައަކީ އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް މީހަކަށް އެއްވެސްވަރަކަށް ޙަސަދަވެރިނުވާށެވެ!  

މިއިން އެއްވެސް ކަމަކީ ކުރަން ބޮޑު ނުވަތަ ބުރަ ކަމެއް ނޫނެވެ. އަދި މި 4 ކަންތަކަކީވެސް ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަންކަމެވެ. މިކަންކަން ކުރުންމަތީގައި ނިކަން ހުރެބަލާށެވެ! ވަރަށް އަވަހަށް ތަފާތު ފެންނަން ފަށާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން