ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ފަރާތްތަކަށް އަގުހުރި އިނާމުތަކާއެކު ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ފަރާތްތަކަށް އަގުހުރި އިނާމުތަކާއެކު ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން (5 ނޮވެމްބަރު) ފެށިގެން އަންނަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާ ގެ ވިޔަފާރިކޮށްގެންނެވެ. މިގޮތުން ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު ކޯޑު މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް މި ޕްރޮމޯޝަނަށް ޝަރުތުހަމަވާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތު ނިމުމުން، ޝަރުތުހަމަވާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިއަކަށް އަގުހުރި ހަތަރު އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

- ހާޑް ރޮކް ކެފޭ މޯލްޑިވްސްއިން ދެ މީހަކަށް ރޭގަނޑުގެ ކެއުމެއް

- މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ ޚާއްސަ 'އެޕަލް ބަންޑަލް'އެއް

- ބ. ފުޅަދޫ "ވިލާ މިއާ" ގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު

- އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރަކާއެކު، ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއެއްގައި މަންތާ ރޭ (Manta Ray) ބަލަން ދިއުމުގެ ފުރުސަތު

މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ އެމެކްސް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް އިތުރު އަގުވަޒަންކުރުމެއްގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު އޮންލައިން