މިފްކޯގެ 33 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އައު ޕޯޓަލެއް ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިފްކޯގެ 33 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އައު ޕޯޓަލެއް ތައާރަފްކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ހަފްލާގައި، އެ ކުންފުނީގެ ޚިދުމަތްތައް އެއްތަނަކުން ލުއިފަސޭހަކަމާއެކު ލިބޭނެ އައު ޑިޖިޓަލް ޕޯޓަލެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ކުންފުނީގެ ވިޔަފާރި ބައިވެރިންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ސަޕްލަޔަރުންނަށް އަމާޒުކޮށްގެން ތައާރަފްކުރި މި ޕޯޓަލަކީ މިފްކޯއިން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމުކުރި ވަސީލަތެކެވެ.

މި އައު ޕޯޓަލް މެދުވެރިކޮށް ލިބިގެންދާ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި:

- މަސްފިހާރަ ޕާޓްނަރުން: މަސްފިހާރަ ޕާޓްނަރުންގެ ގޮތުގައި ފަސޭހަކަމާއެކު އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު.

- ވަޒީފާގެ ފުރުސަތުތައް: ކުންފުނީގެ އެކި ދާއިރާތަކުން ހުޅުވާލެވޭ ވަޒީފާތަކަށް ކުރިމަތިލުމާއި، ކެރިއަރާ ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތު ބަލައިލުން.

- ޕްރޮކިއުމަންޓާއި ޓެންޑަރުތައް: ބީލަންތަކަށާއި ޕްރޮކިއުމަންޓް މަސައްކަތްތަކަށް ޚާއްސަ ވެންޑަރުންނާއި ސަޕްލަޔަރުން ރަޖިސްޓްރީވުމުގެ އިންތިޒާމު.

މިފްކޯއިން ބުނި ގޮތުގައި މިއީ ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ވީހާވެސް އަވަސް އަދި ލުއިފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެތެރޭގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް އަމާޒުކޮށްގެން އިތުރު ޑިޖިޓަލް ޚިދުމަތްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން